EN

އޯލެވެލް ކައުންޓްޑައުން ފަށައިފި؛ ބާކީ 83 ދުވަސް!

މި އަހަރުގެ ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އޯލެވެލް އިމްތިހާނުގެ ކައުންޓްޑައުން ހދ. އަތޮޅު މަދަރުސާއިން ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް އޯލެވެލްއަށް ތައްޔާރުވުމަށް ޓަކައި މި މަދަރުސާއިން ފަށާ ކައުންޓްޑައުން މިއަދު ރަސްމީކޮށް ފެށިއިރު، މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށަން ބާކީ އޮތީ 83 ދުވަހެވެ. ކޮންމެ ދުވަހަކު ވެސް އަދާހަމަވާ މި ކައުންޓްޑައުން، މަދަރުސާގެ ދެބުރި އިމާރާތުގެ އިރުމަތީ ބިތުން ފެންނާނެއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ފަށާ އޯލެވެލް އިމްތިހާނުގައި މި މަދަރުސާގެ 15 ދަރިވަރުން ބައިވެރިވާނެއެވެ. އަދި މަޖްބޫރު ހަތަރު މާއްދާއާ އެކު ކޮމްބައިން ސްޓްރީމްގެ، ބިޒްނަސް، އެކައުންޓްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ މާއްދާގެ އިމްތިހާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އޯލެވެލްއަށް ތައްޔާރުވުމަށް ޓަކައި މި މަދަރުސާއިން ދުރާލާ ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، މިހާރު ދަނީ ގްރޭޑް 10 އެއްގެ ދަރިވަރުން، އޯލެވެލްއަށް ތައްޔާރުކުރުމަށް ޓަކައި ކޮންމެ އަހަރުކު ވެސް ބާއްވަމުން އަންނަ މޮކް އިމްތިހާނުގެ ފުރަތަމަ އިމްތިހާނު ނަގަމުންނެވެ.  

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!