ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ޓްރެފިކަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

ހދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ޓްރެފިކާއި، މަގުމަތީގެ އާންމު އުސޫލުތަކާއި ގަވައިދުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ.

ރޭ މި މަދަރުސާގެ ހޯލުގައި ބޭއްވި މި ސެޝަނަކީ ހދ. ވައިކަރަދޫ ޕޮލިސް ސްޓޭޝަނާއި، ރޯޑް ޕޮލިސް އަދި ހދ. އަތޮޅު މަދަރުސާ ގުޅިގެން ބޭއްވި ހަރަކާތެކެވެ. މި ސެޝަން ނަގައިދެއްވާފައި ވަނީ ރޯޑް ޕޮލިސްގެ ފަރާތުންނެވެ.

ސެޝަންގައި ފާހަގަކޮށްލި މުހިންމު ނުކުތާތައް

  • މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން
  • މަގުމަތީގައި ދިމާވާ އެކްސިޑެންޓުތައް މެދުވެރިވާ މައިގަނޑު ސަބަބުތައް
    • މެނުފެކްޗަރިން ފޯލްޓް ނުވަތަ އުޅަނދުފަހަރަށް ދިމާވެފައިވާ މައްސަލައަކުން.  
    • އިންޖިނީރިން ފޯލްޓް ނުވަތަ މަގުމައްޗާއި މާހައުލުގެ މައްސަލައަކުން.
    • އިންސާނުން ކުރާ ނޭދެވޭ ކަންކަމުގެ ސަބަބަން.
    • ގުދުރަތީ ހާދިސާއަކާ ގުޅިގެން.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ރޭ ބޭއްވި ހޭލުންތެރިކުރުމުގެ ސެޝަންގެ ތެރެއިން — ފޮޓޯ: ހދ. އަތޮޅު މަދަރުސާ
  • މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭނެ ބައެއް ކަންކަން.
    • ލައިސެންސް އޮތުން
    • .އިންޖީނުލީ އުޅަނދުފަހަރުގެ ރޯޑްވާތިނެސް ހައްދާފައިއޮތުން.
    • .އިންޖީނުލީ އުޅަނދުފަހަރުގެ ރޯޑްވާތިނެސް ހައްދާފައިއޮތުން.
    • ބައިސްކަލުތަކުގެ ބުރެކި ފަދަ ސަލާމަތީ ކަންކަން ބަލަހައްޓައި، އެފަދަ ތަކެތި ހަމަކޮށްފައި ބެހެއްޓުން.
    • އިރުއޮއްސި 6:00 ގެ ފަހުން ބައިސްކަލު ދުއްވާނަމަ ބައްތި ދިއްލުން.
    • ބެލެނިވެރިއަކު ކައިރީގައި ހުރެގެން ނޫނީ އުމުރުން 10 އަހަރުން ދަށުގެ ކުދިން އެކަނި ބައިސްކަލު ނުދުއްވުން.
    • ރަށު ޕިކަޕް ފަދަ އުޅަނދުތަކުގައި ކުދިން އުފުލާނަމަ ރައްކާތެރިކަމާއެކު އުފުލުން.
    • ސައިކަލުގައި ކުޑަކުދިން އުފުލާނަމަ ބެލްޓު އެޅުވުން.
    • އުޅަނދުފަހަރު ދުއްވާއިރު މޮބައިލް ފޯން އަދި އިއާ ޕޮޑްސް ފަދަ ތަކެތި ބޭނުން ނުކުރުން.
    • މަގުގެ ވައަތް ފަޅިން ދުއްވުން.

މީގެ އިތުރުން، ލައިސެންސް ނެތި އުޅަނދުފަހަރު ދުއްވާނަމަ ދެވޭ އަދަބުތަކުގެ ތަފްސީލާއި ގަވައިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ދިމާވެފައިވާ ބައެއް ހިތާމާވެރި ހާދިސާތައް ވެސް ވަނީ ރޭގެ ސެޝަނުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު