EN

ހދ. އަތޮޅު މަދަރުސާގެ ވެބްސައިޓް ލޯންޗުކޮށްފި!

ހދ. އަތޮޅު މަދަރުސާގެ ރަސްމީ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

މި ވެބްސައިޓް ލޯންޗުކޮށްފައި ވަނީ ރޭ މި މަދަރުސާގައި ކުރިއަށްދިޔަ ބެލެނިވެރިންގެ ބައްދަލުވުމެއްގައެވެ.

މި މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުންގެ ތަފާތު ލިޔުންތައް ޝާއިޢުކޮށްފައިވާ މި ވެބްސައިޓަށް ވަދެވޭނީ “ https://hdhas.com“ މި ވެބް އެޑްރެސް މެދުވެރިކޮށެވެ.

ވެބްސައިޓް ލޯންޗުކުރުމަށް ރޭ ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވެބްސައިޓް ހެދުމުގެ މައިގަނޑު މަޤްޞަދުތަކަކީ ދަރިވަރުންގެ އަދަބީ މަސައްކަތްތައް އާންމުކޮށް ފެންނާނެ ގޮތް ހެދުމާއި، ދަރިވަރުންގެ ލިޔުންތެރިކަން ކުރިއަރުވައި، ލިޔުންތެރިކަމުގެ ދާއިރާއިން ކުރިއަށްދާން މަގު ފަހިކޮށްދިނުމުގެ އިތުރުން މުހިންމު ލިޔެކިޔުންތަކާއި ލިންކުތައް އެއްތާކުން ފެންނާނެ ގޮތް ހެދުމެވެ.

އޭގެ އިތުރުން، ވެބްސައިޓު ލޯންޗުކުރުމާއެކު މި މަދަރުސާގެ އަމާޒަކީ ކުރިމަގުގައި ދަރިވަރުންގެ ނޫސް ކޮމިއުނިޓީއެއް އުފައްދައި، މަދަރުސާއާ ގުޅޭ ޚަބަރުތަކާއި، ގުޅުންހުރި ތައުލީމީ ދާއިރާގެ ޚަބަރުތައް ދަރިވަރުން މެދުވަރިކޮށް ގެނެސްދިނުމެވެ. އޭގެ އިތުރުން، ޚަބަރާއި މަޢުލޫމާތު ފޮޓޯ އަދި ވީޑިއޯގެ ޒަރިއްޔާއިން ގެނެސްދިނުމަށް ދަސްކޮށްދީ، ފޮޓޯ/ވީޑިއޯ ޖާނަލިޒަމްއަށް ޝައުޤުވެރިވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ވެސް މި މަދަރުސާގެ އަމާޒެކެވެ.

ހދ. އަތޮޅު މަދަރުސާގެ ރަސްމީ ވެބްސައިޓު މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު، މި ވެބްސައިޓުން ދަރިވަރުންގެ ލިޔުންތަކާއި، މަދަރުސާގެ ތާރީޚާއި، އަމާޒާއި، އާންމު އުސޫލުތަކާއި، އިޢުލާނުތަކާއި، ކްލާސްތަކުގެ ޓައިމްޓޭބަލްގެ އިތުރުން އެހެނިހެން މުހިންމު ލިޔެކިޔުންތަކާއި ލިންކުތައް ފެންނާނެއެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!