މަދަރުސާގެ ތަޢާރަފް

މިމަދަރުސާއަކީ ޖަޕާނުސަރުކާރުގެ ހިލޭއެހީގައި ދިވެހިސަރުކާރުން ހިންގެވި ”ސްކޫލް ޢިމާރާތްކުރުމުގެ މަޝްރޫޢު“ ގެ ދަށުން 1983 ޖެނުއަރީ 28ވީ ހުކުރުދުވަހު ހދ. އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ކަލޭފާނު ބިންގާއަޅުއްވައިދެއްވައި، 1 އަހަރުދުވަހުގެ ތެރޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށްފަހު، 1984 މާރޗް 6 ވީ އަންގާރަދުވަހު އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން ރަސްމީގޮތުން ހުޅުއްވައިދެއްވާފައިވާ މަދަރުސާއެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައި މިމަދަރުސާ ރަޖިސްޓްރީ ކުރެވިފައިވަނީ 6 މާރޗް 1984ވަނަ އަހަރުއެވެ. މިހާތަނަށް މިމަދަރުސާގެ ނަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ބެޖާއި ދިދަ

މަދަރުސާގެ ކުލަތައް

މި މަދަރުސާގެ ކުލަ ތަކަކީ ނޫކުލައާއި ފެހިކުލައެވެ. 

މަދަރުސާގެ ފިލޯސަފީ

ހދ. އަތޮޅުމަދަރުސާގެ ހިއްސާވާ ކޮންމެ މީހަކީ އަދި ކުއްޖަކީވެސް އުނގެނޭ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ އަދި  މުޖުތަމަޢުއަށް ފައިދާކުރާފަދަ ހެޔޮ ޢިލްމު ފަތުރާ ބައެއްކަމުގައި ވުމެވެ.

މޮޓޯ

މަގުދައްކަނިވި،ވިދާ އަލިކަމެއް ކަމުގައި ވާށެވެ.

ޢުމްރާނީ ގޮތުން އައި ކުރިއެރުން

އެންމެ ފުރަތަމަ ސްކޫލް ޢިމާރާތް ކުރެވުނުއިރު (1983ވަނަ އަހަރު) ހުރީ 5 ކުލާސްރޫމު ޖާގައިގެ ހޯލު ޢިމާރާތަކާއި އޮފީސް ޢިމާރާތަކާއި ސުކޫލް ހިންގަވަން ހުންނަވާ ބޭފުޅަކު ދިރި އުޅެވޭގޮތަށް ހަދާފައިވާ އެކޮމޮޑޭޝަން ބުލޮކެކެވެ. އޭގެ ފަހުން އެކި އަހަރުތަކުގައި މަދަރުސާއަށް އިތުރުކުރެވުނު ޢިމާރާތް ތަކާއި ބައެއް ޢިމާރާތްތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލްތައް ތިރީގައި މިވަނީއެވެ.

#

ޢިމާރާތުގެ ނަން

ޢިމާރާތުގެ ތަފްސީލް

ތާރީޚް

1

ވަގުތީ ކްލާސްރޫމް

ވީ.އެސް.އޯ އިން ޢިމާރާތްކުރި 1 ކުލާސް

1992.01.15

2

ފާޚާނާ ބުލޮކް

6 ފާޚާނާ

2000.09.18

3

2 ބުރި ޢިމާރާތް

1 ކުލާސްރޫމް، ސުޓާފްރޫމް، ކޮމްޕުލެބް

2000.12.31

4

ވަގުތީ ކުލާސްރޫމް

2 ކުލާސް

2001.01.01

5

ލައިބްރަރީ އާއި ލެބޯޓަރީ ޢިމާރާތް

ލައިބްރަރީ އަދި ސައިންސުލެބް

2006.08.16

6

ނަމާދުގެ

ނަމާދުކުރުމަށް

2010.01.10

7

ދަރިވަރުންގެ ކުޅޭބިން ވަށާފާރު، ފެންސުޖެހުން

ކުޅިވަރު ކުޅުމަށް

2013.05.06

8

ފައުންޑޭޝަން ކުލާސްރޫމް

1 ކުލާސްރޫމް

2016.02.07

9

ދަރިވަރުންގެ 1 ފާޚާނާ

ފައުންޑޭޝަން ދަރިވަރުންނަށް

2016.02.07

10

3ބުރި ޢިމާރާތުގެ މަސައްކަތް ފެށުން

12 ކުލާސްރޫމް

2019.10.01

 

ތައުލީމް ދެވޭ ފެންވަރާއި މިންވަރު

1984 ވަނަ އަހަރު މިމަދަރުސާ ހުޅުވުނު އިރު ގުރޭޑް1 އަދި އެސް.ޕީ 1ން އެސްޕީ 6ށް ކިޔަވައިދޭން ފެށުނު ނަމަވެސް ކިޔަވައިދޭ ގުރޭޑް ތަކުގެ ޢަދަދަށް އެކި ފަހަރުމަތިން ވަނީ އެކި ބަދަލުތައް އައިސްފައެވެ. މިގޮތުން އައިސްފައިވާ ބަދަލުތައް ތިރީގައި މިވަނީ އެވެ.

އަހަރު

ތަފްސީލް

1984

ގުރޭޑް1 އަދި އެސް.ޕީ 1ން އެސްޕީ 6ށް ކިޔަވައިދޭން ފެށުން

1989

އެސް.ޕީ ކުލާހުގައި ތިބި ހުރިހާ ދަރިވަރުން ގުރޭޑް 5 އަދި 6ށް ބަދަލުކުރެވުނު

1990

ގުރޭޑް 7 އުފެދުން

1999

ގުރޭޑް 8 (ކޮމާސް ސްޓްރީމް) އުފެދުން

2001

ފުރަތަމަ ފަހަރަށް އޯލެވެލް ޢިމްތިޙާންގައި ބައިވެރިވުން

2004

ސައިންސު ސްޓްރީމް އުފެދުން

2006

ދެ ސްޓްރީމުން އޯލެވެލް ހަދަންފެށުން

2013

ސައިންސް ސްޓްރީމުން ގުރޭޑް 11 އުފެދުން

2015

ދަސްވާރު އަދި ބީޓެކް ސްޓްރީމް ތަޢާރަފްކުރުން

2016

ފައުންޑޭޝަން ލެވެލްގެ ކުލާސްތައް ފެށުން

2019

ކޮމްބައިންޑް ސްޓްރީމަށް ކިޔަވައިދޭން ފެށުން