EN

Search
Close this search box.

އިސްވާރުންގެ މަހާސިންތާއެއް ބާއްވައިފި

އިސްވާރުންގެ މަހާސިންތާއެއް ރޭ(ބުރާސްފަތި ދުވަހުގެ ރޭ) ބާއްވައިފިއެވެ. މިއީ ހަރަކާތް ކަލަންޑަރާ ގުޅިގެން ދަރިވަރުން ހިމަނައިގެން މިފަދައިން ބޭއްވި ފުރަތަމަ މަހާސިންތާއެވެ.

މި މަހާސިންތާގައި ސްކޫލްގެ އެކި ކުލަބުތަކުގެ އިސްވާރުންގެ ގޮތުގައި ތިބި ދަރިވަރުން ވަނީ ތަޢާރަފުވެފައެވެ. މީގެ އިތުރުން، ކޮންމެ ކުލަބަކުން ވަނީ އެ ކުލަބަކުން މި ދިރާސީ އަހަރުގެ ހަރަކާތް ކަލަންޑަރުގައި ހިމަނަން ބޭނުންވާ ހަރަކާތްތަކެއް ހުށަހަޅާފައެވެ. ހަރަކާތްތައް ހުށަހެޅުމުގައި ކުލަބުތަކުން ވަނީ އެންމެ އިސްކަންދޭ ކަންކަން ވެސް ފާހަގަކޮށްފައެވެ.

މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އުފެއްދުމާއި، ކުލަބުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އަދި މި ދިރާސީ އަހަރުގެ ހަރަކާތްތައް ރޭވުމުގައި ދަރިވަރުންގެ ޚިޔާލު ހޯދުމެވެ.

ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ މި މަހާސިންތާއިން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ މަހާސިންތާތައް އިތުރަށް ބާއްވަމުން ގެންދާނެ ކަމަށެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު