EN

Search
Close this search box.

މޭރީ ބުރައުންއަށް ކާންދިއުން

ޢަބްދުﷲ ބިން އާދަމް (ގުރޭޑު 6)

އަޅުގަނޑުމެން މޭރީ ބުރައުންއަށް ކާންދިޔައީމެވެ. އެތާ އުޅޭ މީހުން ކައިރީގައި ކާއެއްޗެއް ގެނައުމަށް ބުނީމެވެ.

ދެން އިރުގަނޑެއް ފަހުން ކާއެއްޗެހި ގެނައެވެ. އަޅުގަނޑު ކާން ފައްޓައިފީމެވެ. އިރުތަކެއް ނުވެ ކައިނިމިއްޖެއެވެ. ދެން ނުކުންނަންވެގެން އަޅުގަނޑުގެ ކޮއްކޮ، އެންމެ ފުރަތަމަ ދާން ބޭނުންވިއެވެ. ބާރަށް ދުވެފައި ނުކުންނަން ދިޔައެވެ. ނަމަވެސް ދޮރާ އަރާ ހަމަވިތަނާމުން ބޮލަށް ތަދެއް އަރާފައި ވެއްޓިއްޖެއެވެ.

މީނާއަށް ވީ ގޮތަކީ ބޭރަށް ދެވޭނެ ކަމަށްހީކޮށް އެތާގައި ހުރި ބިއްލޫރިގަނޑެއްގައި ޖެހިފައި ވެއްޓުނީއެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު