EN

Search
Close this search box.

އިފްތިތާޙީ ޖަލްސާ 2024: ސްކޫލް ކެޕްޓަނަކަށް އާޔަތުﷲ، ޑެޕިއުޓީ ކެޕްޓަނުންނަށް ރާއިމާ އަދި އުސައިދު!

ހދ. އަތޮޅު މަދަރުސާގެ 2024 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނަކަށް ގްރޭޑް 10އޭ ގެ ދަރިވަރު އާޔަތުﷲ ބުން އަބްދުލްކަރީމް ހޮވިފައިވާއިރު، އަންހެން ޑެޕިއުޓީ ކެޕްޓަނަކަށް 10އޭގެ ރާއިމާ އަޙްމަދު އަޤީލު އަދި ފިރިހެން ޑެޕިއުޓީ ކެޕްޓަނަކަށް 9އޭގެ އުސައިދު އަޙްމަދު ޚަލީލު ހޮވިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މި މަދަރުސާގައި ބޭއްވި އިފްތިތާޙީ ޖަލްސާގައި ސްކޫލް ކެޕްޓަނާއި ޑެޕިއުޓީކެޕްޓަނުންގެ އިތުރުން ގޭމްސް ކެޕްޓަން، ޑެޕިއުޓީ ކެޕްޓަން އަދި ހިތްމަތްތެރިދަރިވަރުންގެ ޖަމިއްޔާގެ އެކިއެކި މަގާމުތަކަށާއި ޕްރިފެކްޓު ބޯޑަށް ހޮވުނު ދަރިވަރުންނަށް ވަނީ ޒިންމާ ހަވާލުކޮށްފައެވެ.

ގޭމްސް ކެޕްޓަން ނީސާ (ވ) ، އަދި ގޭމްސް ޑެޕިއުޓީ ކެޕްޓަން ޝައްޔާން (ކ) ، ސްކޫލްގެ ޕްރިންސިޕަލްއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން

މި އަހަރު މި މަދަރުސާގެ ގޭމްސް ކެޕްޓަނަކަށް ގްރޭޑް 10އޭގެ ދަރިވަރު ނީސާ ޢަލީ ހޮވިފައިވާއިރު، ޑެޕިއުޓީ ގޭމްސް ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 9އޭގެ ދަރިވަރު މުޙައްމަދު ޝައްޔާނެވެ.

އޭގެ އިތުރުން، މި އަހަރުގެ ޕީޓީއޭގެ ނައިބް ރައީސްގެ ގޮތުގައި ހޮވިފައިވަނީ އާދަމް ފިރުޝާނެވެ. އަދި ޚަޒާންދާރަކަށް އިންތިޚާބުވެފައި ވަނީ އަޙްމަދު އަޤީލެވެ. ބެލެނިވެރިންގެ ތެރެއިންނާއި ޓީޗަރުންގެ ތެރެއިން ހޮވުނު ޕީޓީއޭ ހިންގާ ކޮމިޓީއާއި ކުލާސްމަންދޫބުންނަށް ޒިންމާ ހަވާލުކުރުން ވެސް އެރޭގެ ޖަލްސާގައި ވަނީ ކުރިއަށްގޮސްފައެވެ.

ޕީޓީއޭގެ ނައިބުރައީސް އާދަމް ފިރުޝާން (ކ) އަށް މަގާމުގެ ޒިންމާ ހަވާލުކޮށްދެއްވަނީ

މި އަހަރުގެ އިފްތިތާޙީ ޖަލްސާގައި ވަނީ ނިމިދިޔަ 2023-24 ވަނަ އަހަރު ޕީޓީއޭގެ ހިންގާކޮމިޓީ އަދި ކްލާސްމަންދޫބުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި މެންބަރުންނަށް، އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައެވެ.

މި ފެށުނު ދިރާސީ އާ އަހަރު މި މަދަރުސާގެ ޕްރިފެކްޓު ބޯޑުގެ ދަރިވަރުން، މަގާމުގެ ހުވާކުރުމުގެ ތެރެއިން

މި މަދަރުސާގެ ހިތްމަތްތެރި ދަރިވަރުންގެ ޖަމިއްޔާގެ ދަށުން 7 ކްލަބެއް އޮންނައިރު، ކުދިންގެ މެދުގައި ވާދަވެރި 3 ހައުސްއެއްވެސް އޮވެއެވެ. އަދި ޖޫނިއާ ޕްރިފެކްޓް، ޕްރިފެކްޓްގެ އިތުރުން ސީނިއާ ޕްރިފެކްޓުންގެ ގޮތުގައި ގްރޭޑް 6 އަކުން މަތީގެ ޖުމްލަ 35 ދަރިވަރުން ވަނީ ހޮވިފައެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު