EN

ތިމާވެށީގެ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހދ. އަތޮޅު މަދަރުސާގެ ފަރާތުން ގަސް އިންދުމުގެ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި މަދަރުސާގެ ތިމާވެށީގެ ކުލަބުން އިސްނަގައިގެން އިންތިޒާމްކުރި މި ހަރަކާތުގައި ގަސްއިންދުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވެފައިވަނީ ގްރޭޑް 7 އަކުން މަތީގެ ދަރިވަރުންނާއި ހެނދުނު ދަންފަޅީގެ މުދަރިއްސުންނެވެ. 

ބައިނަލްޢަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހުގެ މި ހަރަކާތް ފެއްޓެވުމުގެގޮތުން ދަރިވަރުންނާ މުޚާތަބުކޮށް މި މަދަރުސާގެ ޕްރިންސިޕަލް، މުޙައްމަދު ޙިލްމީ ދެއްކެވި ވާހަކަފުޅުގައި، ގަސްއިންދުމުގެ މުހިންމުކަމާއި، ދީނީގޮތުން އަދި ދުނިޔަވީގޮތުން ގަސް އިންދުމުން ލިބޭފައިދާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ތިމާވެށީގެ ކުލަބުން ބުނީ މިއަދުގެ ހަރަކާތުގައި ގަސް އިންދާފައިވަނީ މި ރަށު ސިއްޙީ މަރުކަޒާ ދިމާއިން ރަށުގެ ދެކުނު ފަރާތު ހޭޅިފަށު ސަރަހައްދުގައިކަމަށެވެ. މިގޮތުން، މިދިލި އަދި ފުނަ، މި ދެވައްތަރުގެ ޖުމްލަ 100 ގަސް އިންދާފައިވާކަމަށް ވެސް އެ ކުލަބުން ބުންޏެވެ. 

ތިމާވެށްޓަށް ދަރިވަރުންގެ މެދުގައި ލޯބިޖެއްސުމާއި ތިމާވެށީގެ މައްސަލަތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ، މި މަދަރުސާގެ ތިމާވެށީގެ ކުލަބުން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ތަފާތު ޕުރޮގުރާމްތައް ރާވައި ހިންގަމުންނެވެ.

ހިއްސާކުރައްވާ
Share on facebook
Share on telegram
Share on email
Share on print

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު