EN

ދަރިވަރުންގެ ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި!

ހދ. އަތޮޅު މަދަރުސާގެ ހިތްމަތްތެރި ދަރިވަރުންގެ ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރު ހިތްމަތްތެރި ދަރިވަރުންގެ ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތިލާން ޝައުޤުވެރިވާ ދަރިވަރުންނަށް އެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ. މިކަމާ ގުޅޭ ފޯމު މި މަދަރުސާގެ އިދާރާއިން މިހާރު ދޫކުރާއިރު، ފޯމު ލުމުގެ އެންމެ ފަހު ވަގުތަކީ މާދަމާގެ މެންދުރުފަހު 2:00 އެވެ.

ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތިލެވޭ އެންމެ ދަށް ގްރޭޑްތައް

  • ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލެވޭނީ ގްރޭޑް 10 ގެ ޕްރިފެކްޓުންނަށެވެ.
  • ސްކޫލްގެ ވައިސް ކެޕްޓަން އަދި ގޭމްސް ކެޕްޓަންގެ މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 9 އަދި 10 ގެ ޕްރިފެކްޓުންނަށެވެ.
  • ސްކޫލްގެ ގޭމްސް ވައިސްކެޕްޓަންގެ މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ.
  • ކްލަބްތަކުގެ ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށެވެ.
  • ކްލަބްތަކުގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 8 އަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.
  • ހައުސްތަކުގެ ކެޕްޓަނުންގެ މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 9 އަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.
  • ހައުސްތަކުގެ ވައިސްކެޕްޓަންގެ މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 8 އަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.
  • ހައުސްތަކުގެ ކްލާސް މަންދޫބުންނަށް ކުރިމަތިލެވޭނީ ގްރޭޑް 6 ޔަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.

އިއްޔެ ވަނީ މި މަދަރުސާގެ މި އަހަރުގެ ޕްރިފެކްޓު ބޯޑަށް ހޮވުނު ދަރިވަރުންގެ ލިސްޓު ވެސް އާންމުކޮށްފައެވެ. މި އަހަރުގެ ޕްރިފެކްޓުބޯޑަށް ގްރޭޑް 6 އަކުން މަތީގެ ގިނަ ކުދިންތަކެއް ކުރިމަތިލާފައިވާއިރު، މި މަދަރުސާއިން ބަލާ މިންގަނޑަށް ޝަރުތުހަމަވެ، ޕްރިފެކްޓުންގެ ގޮތުގައި ހޮވާފައި ވަނީ ޖުމްލަ 35 ކުދިންނެވެ.

ދިރާސީ އަހަރު 2024 ގެ ޕްރިފެކްޓް ބޯޑް، ޖަމިއްޔާގެ މަގާމުތައް، އަދި ޕީޓީއޭ އިފްތިތާހުކުރުން ވީހާ ވެސް އަވަހަކަށް ބޭއްވޭތޯ ދަނީ މަސައްކަތްކުރަމުންކަމަށް މަދަރުސާގެ މެނޭޖްމެންޓުން ފާހަގަކުރިއެވެ.  

ހިއްސާކުރައްވާ
Share on facebook
Share on telegram
Share on email
Share on print

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު