EN

ދިރާސީ އަހަރު 2024: އާ ހިތްވަރަކާ އެކު ދަރިވަރުން އެނބުރި ސްކޫލަށް!

ދިރާސީ  އާ އަހަރުގެ ކިޔެވުން މިއަދު ފެށިއްޖެއެވެ.

ދިރާސީ އަހަރު 2024 ހަށް ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ޓަކައި މި މަދަރުސާއިން ވަނީ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ދުވަހާ ގުޅިގެން ދެ ދަންފަޅީގެ ދަރިވަރުންނަށް ވަކިން ދެ އެސެމްބްލީ ބޭއްވިއިރު، ކޮންމެ ދަރިވަރަކަށް ވަނީ މަދަރުސާގެ ފަރާތުން ޚާއްޞަ ހަދިޔާއެއް ވެސް ދީފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ތައުލީމީ އާ އަހަރުގެ ފުރަތަމަ 3 ދުވަހުގެ ކިޔެވުމުގެ ގަޑިތަކަށް ސަރުކާރުން ވަނީ ބަދަލުގެނެސްފައެވެ. މިއަދުގެ ހެނދުނު ދަންފަޅީގެ ކިޔެވުން 8:10 އަކުން 10:45 އަކަށް ކުރިއަށް ދިޔައިރު، މެންދުރުފަހު ދަންފަޅީގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ 11:00 އިން މެންދުރުފަހު 1:30 އަށެވެ. މާދަމާ އަދި އޭގެ އަނެއް ދުވަހު ވެސް މި މަދަރުސާގެ ކިޔެވުން ކުރިއަށްދާނީ މި ގަޑިތަކާ އެއްގޮތަށެވެ.

މި ތިން ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މަދަރުސާގެ މާހައުލުގައި އަދި ދަރިވަރުންގެ ތެރޭގައި ހަނގާކުރުމުގެ ނުބައި އާދަ ނައްތާލުމަށް އަމާޒުކޮށްގެން، އެކަމުން ރައްކާތެރިވެ، ހަނގާކުރުމާ ދެކޮޅަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމުގެ ސެޝަންތަކެކެވެ.

މި މަދަރުސާގައި މި އަހަރު ވެސް އެލްކޭޖީން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭއިރު، ޖުމްލަ 182 ދަރިވަރުން ވަނީ އެންރޯލްކޮށްފައެވެ.

ހިއްސާކުރައްވާ
Share on facebook
Share on telegram
Share on email
Share on print

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު