EN

ބިޒްނަސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެ މާއްދާގެ ސްޓަޑީ ކޭމްޕެއް ބާއްވައިފި

ހދ. އަތޮޅު މަދަރުސާގައި އޯލެވެލް އިމްތިހާނުގައި ބިޒްނަސް ސްޓަޑީޒް ހަދަން ތައްޔާރުވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެ މާއްދާއަށް ހާއްސަ ސްޓަޑީ ކޭމްޕެއް ބާއްވައިފިއެވެ.

މި މަދަރުސާގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންގެ ތެރެއިން ބިޒްނަސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި މި ކޭމްޕުގައި ކިޔަވައިދެއްވާފައި ވަނީ މި މާއްދާގެ ތަޖުރިބާކާރު ޓީޗަރު، އަދި ށ. އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު އަޙްމަދު ޙިޝާމެވެ.

ކޭމްޕުގެ ބައިވެރިންގެ ފަރާތުން ހިޝާމް ސަރއަށް ހަދިޔާ ދެނީ

މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ 5 ސެޝަނަކަށް ބަހާލައިގެން، 2 ދުވަހުގެ މުއްދަތަކަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ފެށި މި ކޭމްޕުގައި ޖުމްލަ 25 ދަރިވަރުން ބައިވެރިވިއެވެ.

ބިޒްނަސް މާއްދާގެ މި ކޭމްޕުގައި މައިގަނޑުގޮތެއްގައި ކިޔައިދީފައި ވަނީ، އޯލެވެލް އިމްތިހާނުގައި ބިޒްނަސް ޕޭޕަރު ހަދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި ޖަވާބު ލިޔާނެ ގޮތްތަކެވެ. އަދި އެ މާއްދާއިން ޖުމްލަކޮށް މި މަދަރުސާގެ ދަރިވަރުންނަށް އުނދަގޫ ބައެއް ފިލާވަޅުތައް ވެސް ކިޔައިދީފައިވެއެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!