EN

ކާސިންބެއަށް ލިބުނު ޚަބަރު

މަރްޔަމް ބިންތު އިބްރާހީމް ބިން މުޙައްމަދު – ގުރޭޑު 5 (ލިޔުމަށް ބަދަލުގެނެސްފައި)

ހުކުރު ދުވަހެވެ. އެންމެން ވެސް ބުރަކޮށް މަސައްކަތްކުރަނީއެވެ. އެއް ބަޔަކު ފަންގިވިންނަނީއެވެ. އަނެއް ބަޔަކު ކުނިކަހަނީއެވެ. އަހަރެން ދިޔައީ ކާސިންބެއާ އެކު ހިނގާލާށެވެ. ހިނގާލަން ދިޔައީ ބޮޑު މަގަށެވެ. ދިޔައިރު އެކި ގޭގެއިން މީރު ވަސްދުވައެވެ. ކައްކާ ވަހެވެ. އެހެން ދަމުން އެ މަގުގައި ހުރި ފިހާރައަކަށް ވަނީމެވެ.

ކުއްލިއަކަށް އެންމެންނަށް ވެސް އިވުނީ އަޑުގަދަކުރާއިން އެއްޗެއް ގޮވާ އަޑެވެ. ކުއްލިއަކަށް ކަމެއް ދިމާވެގެން ބަނދަރަށް އެއްވުމަށް ގޮވާއަޑެވެ. އެ މީހަކު އެ މީހެއް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ބަނދަރާ ދިމާއަށް ދުއްވައިގަތީއެވެ. އެ ތަނަށް ދިޔައިރު ވަރަށް ބައިވަރު މީހުން އެތާ ތިއްބެވެ. އެންމެން ވެސް ތިބީ ވާނުވާ ނޭނގިފައެވެ.

އެތާ ހުރި މީހަކު ބުންޏެވެ. ކުއްޖަކު ގެއްލިއްޖެއެވެ. ގެނބުނީއޭ ވެސް ކިޔައެވެ. ހުރިހާ އެންމެން އުޅުނީ އެ މީހެއްގެ ދަރިން ފެނޭތޯއެވެ. ކާސިންބެއާއި އަހަރެން ވެސް ދުއްވައިގަތީމެވެ. ހިނދުކޮޅެއްގެ ތެރޭގައި އަހަރެން އަހަރެންގެ ދަރިން ގޮވައިގެން އައީމެވެ. އެންމެން ވެސް އެ މީހެއްގެ ދަރިން ކައިރިކޮށްލިއެވެ.

އަހަރެން ހުރީ ކާސިންބެ އާދޭތޯ އިންތިޒާރުގައެވެ. ދެން އަހަރެންނަށް ފެނުނީ ކާސިންބެ ރޮމުންރޮމުން އަންނަ ތަނެވެ. އޭރު ވެސް އެ ކުއްޖާއެއް ނުފެނެއެވެ. ފީނާ މީހުން ފީނަނީއެވެ. ޑިންގީތަކުން ވެސް ހޯދަނީއެވެ. ކުއްލިއަކަށް ފެނުނީ އެ ކުއްޖާ ނަގައިފައި އޮއްވައެވެ. އެންމެން ދުއްވައިގަތީ އެ ދިމާއަށެވެ. އެ ކުއްޖާ އޮތީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެންނެވެ. ކާސިންބެ އިހަށް ވުރެ ދެރަވެއްޖެއެވެ. އޭނާގެ ދަރި މިއަދު ހުރީ އެ ގޮތަށް ހެދުން އަޅައިގެންނެވެ.

އެންމެން އެންމެންނާ ވާހަކަދެއްކުމަށް ފަހު ބުންޏެވެ. އެއީ ކާސިންބެގެ ދަރިއެވެ. ކާސިންބެ އެ ތަނުގައި ހުރެފައި ބާރަކަށް ރޯން ފަށައިފިއެވެ. ދެން އެކަމަކު ކުރާނެ ކަމެއް ނެތެވެ. މިއީ މިންވަރުކުރެއްވި ގޮތެވެ. ހިތްވަރުކޮށްލާފައި ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދެވޭތޯ ބެއްޔެވެ. އާއިލާ މީހުންގެ އެހީތެރިކަމާއެކުގައެވެ.

މާޔޫސީ ހިތަކައިގެން ޖަނާޒާ ވެސް ނިންމައިލިއެވެ. ކާސިންބެއަށް އިހުސާސްވަނީ އެކަނިވެރިކަންތާއެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެން ކާސިންބެއަށް ހިތްވަރުދެވޭތޯ ބެލީމެވެ. ކާސިންބެ ވެސް ދިރިއުޅުމައިގެން ކުރިޔަށް ދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް… އެ މާޔޫސްކަމަށް ބަދަލެއް އައިހެނެއް ހިއެއްނުވެއެވެ.

އެއަށް ފަހު ކާސިންބެ މިސްކިތުގައި ވެސް ހުންނަނީ އެކަންޏެވެ. އޭނާ އަބަދު ހުންނަނީ މާޔޫސްވެފައެވެ. އެހެންވެ މުދިންބެ އޭނާއަށް ވަރަށް ނަސޭހަތް ދިނެވެ. އޭގެ ފަހުން އޭނާގެ މޫނު މަތިން އުފާވެރިކަމުގެ އިހުސާސް ފާޅުވާން ފެށިއެވެ. މުދިންބެ ދިނީ ކޮން ނަސޭހަތެއް ކަމެއް ވެސް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އެއީ ކާސިންބެގެ ހިތާމައަށް ލިބުނު ޝިފާއެއް ކަމެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!