EN

ބެލެނިވެރިންނަށް, ”އިންކުލޫސިވް އެޑިއުކޭޝަން“ އަށް އަހުލުވެރިކުރުވުމުގެ މައުލޫމާތު ސެޝަންތަކެއް ބާއްވައިފި

ހދ. އަތޮޅު މަދަރުސާގެ އިންކްލޫސިވް ޔުނިޓްގެ ފަރާތުން، މި މަދަރުސާގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ”އިންކްލޫސިވް އެޑިއުކޭޝަން“ އަށް އަހުލުވެރިކުރުމުގެ މަޢުލޫމާތު ސެޝަންތަކެއް ބާއްވައިފިއެވެ.

ބެލެނިވެރިން 2 ގުރޫޕަށް ބަހާލައިގެން، މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ.

މި ސެޝަންތަކުގައި މަޢުލޫމާތު ދީފައި ވަނީ މި މަދަރުސާގެ ސެން ޓީޗަރު އައިމިނަތު ޒީނިޔާއެވެ.

ސެޝަންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޒީނިޔާ މިސް ބުނީ މިފަދަ ސެޝަންއަކަށް ބެލެނިވެރިން ތިބީ ވަރަށް ބޭނުންވެފައިކަމާށާއި ސެޝަންގައި ފޯރުކޮށްދިން މަޢުލޫމާތުތަކާ މެދު ބެލެނިވެރިން ތިބީ ހިތްހަމަޖެހިފައި ކަމަށެވެ.

”މިފަދަ އިތުރު ސެޝަންތައް ބޭނުންވާކަމަށް ބެލެނިވެރިން ބުނި. އަދި މި ސެޝަންތަކަށް ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބުނު“ ޒީނިޔާ މިސް ބުންޏެވެ.

މި ސެޝަންތަކުގައި މައިގަނޑުގޮތެއްގައި ކުރިއަށް ގޮސްފައި ވަނީ މަދަރުސާގެ އިންކުލޫސިވް ކޮމިޓީ، އަދި ރެފަރެލް ނިޒާމް ބެލެނިވެރިންނާ ހިއްސާކުރުމާއި، ޝާމިލްކޮށްގެން ކިޔަވައިދިނުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން އުނގެނުމުގައި ޚާއްޞަ އެހީތެރިކަން އަދި އުނގެނުމުގެ ދަތިކަން ހުންނަ ދަރިވަރުންގެ ބައެއް ސިފަތަކާއި ބެހޭ މަޢުލޫމާތު ދިނުމެވެ.  

އޭގެ އިތުރުން، ހަނގާކުރުމާ ގުޅޭ މައުލޫމާތާއި، އެ ކަން ހައްލުކުރުމަށް ޓަކައި ކުރެވިދާނެކަން ކަމާ ބެހޭގޮތުން ބެލެނިވެރިންނާ މަޝްވަރާކޮށްފައިވެއެވެ.  

މި ބައްދަލުވުންތަކަކީ މަދަރުސާގެ އިންކުލޫސިވް އެޑިއުކޭޝަންގެ ކަންކަން އިތުރަށް ހަރުދަނާކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަން އިންކްލޫސިވް ޔުނިޓުން ފާހަގަކުރެއެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!