EN

މި މަދަރުސާގެ ފުޓްސަލް އަދި ހޭންޑްބޯލް ”ވަން ޑޭ ކަޕް“ މާދަމާ ފަށަނީ!

ހދ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ފުޓްސެލް އަދި ހޭންޑްބޯލްގެ ”ވަން ޑޭ ކަޕް“  މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

މި މަދަރުސާއިން ބާއްވަމުން އަންނަ އިންޓަހައުސް ފުޓްސެލް އަދި ހޭންޑްބޯލް މުބާރާތް، މި އަހަރުގެ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު މުބާރާތް ބާއްވަން ދަތިތަކާ ކުރިމަތިވާތީ، މި އަހަރުގެ ފުޓްސެލް އަދި ހޭންޑްބޯލް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކީސްޓޭޖުތައް ވަކިން، ކޮންމެ ކީސްޓޭޖެއްގެ ކްލާސްތަކުގެ އަންހެން އަދި ފިރިހެން ކުދިން ދެ ޓީމަށް ބަހާލައިގެންނެވެ.

އެގޮތުން، ޖުމްލަ ހަތަރު ފުޓްސެލް މެޗު އަދި ހަތަރު ހޭންޑް ބޯލް މެޗު ކުޅޭނެއެވެ. ފުޓްސަލް އަދި ހޭންޑްބޯލްގައި ވެސް ކޮންމެ ކީސްޓޭޖަކުން ދެ ޓީމު ވާދަކުރާ ގޮތަށް ޓީމުތައް ބަހައިލައިފައިވެއެވެ.

”ވަން ޑޭ ކަޕް“ ކުރިއަށް ދާނެ ގޮތުގެ ޝެޑިއުލް

މި ހަރަކާތުގައި މާދަމާ ހެނދުނު 6:30 ގައި އޮންނާނީ ކީ-ސްޓޭޖު 2 އެއްގެ ފުޓްސަލް އަދި ހޭންޑްބޯލް މެޗެވެ. އަދި ކީސްޓޭޖު 1 އެއްގެ މެޗުތައް މާދަމާ ހަވީރު 4:30 ގައި އޮތް އިރު، ކީސްޓޭޖު 3 ގެ މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 ގަ އެވެ. އަދި ”ވަން ޑޭ ކަޕް“ ނިމޭނީ ހޮނިހިރު ދުވަހު ހަވީރު 4:30 ގައި ކުޅޭ ކީސްޓޭޖް 4 ގެ ފުޓްސެލް އަދި ހޭންޑްބޯލް މެޗަށް ފަހެވެ.

”ވަން ޑޭ ކަޕް“ ގެ ހުރިހާ މެޗެއް ވެސް ބާއްވަން ހަމަޖެހިފައި ވަނީ ވައިކަރަދޫގެ ރަސްމީ ފުޓްސެލް ދަނޑުގައެވެ.

ދަރިވަރުންގެ މެޗުތައް ބެލުމަށާއި، އެ ކުދިންނަށް ސަޕޯޓުކުރުމަށް ޓަކައި ވީހާ ވެސް ގިނަ މީހުން ދިޔުމަކީ މަދަރުސާގެ ވަރަށް ބޮޑު އެދުމެކެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!