EN

ހދ. ނޮޅިވަރަމަށް ކުރި ދަތުރު

ދިވެހި އަދަބީ ފޯވަހި 2023-2024 \ ކުރުވާހަކަ (ކ3) – 1 ވަނަ، ވާއިލް މުޙައްމަދު 

އަހަރެން ލޯންޗުގައި އިންދާ ކުއްލިއަކަށް ނެގި ބޮޑު ރާޅުން ހަނދާންވީ މީގެ 10 އަހަރު ކުރީގެ ހިތި ހަނދާނެކެވެ. ބިރުވެރިކަމާއި ހިތާމަވެރިކަން ހިތަށްއަރަން ފަށައިފިއެވެ. އަހަރެން ކައިރީގައި އިން މީހާ ބުންޏެވެ. ”ކޮއްކޯ! އަނެއްކާ ކީއްވީ؟“ މިހެން ބުނުމުން އަހަރެން ބުނީމެވެ. ”މީގެ 10 އަހަރު ކުރީގެ ހިތާމަވެރި ހަނދާންތައް ސިކުނޑިއަށް އަންނަން ފެށީ“. ”ކޮއްކޮ ހާސްކަނޑާލާ. އިރާދަކުރެއްވިއްޔާ ނޮޅިވަރަމާ ހަމައަށް ދެވޭނެ.“ ކައިރީގައި އިންމީހާ ބުންޏެވެ. މިހެން ބުނުމުން ހަމަޖެހިލެވުނެވެ. އިރުކޮޅެއްވީތަނާ އަހަރެންނަށް ނިދިއްޖެއެވެ. 

      ކުއްލި ސިހުމަކުން ސިއްސައިގެންގޮސް ތެދުވެވުނެވެ. އޭރު ކުޅުދުއްފުށި ފެނެއެވެ. ”އިރުކޮޅަކުންދެވޭނެ“ ކައްޕި މީހާ ބުންޏެވެ. ދެން އަހަރެން ހަމަޖެހިލައިގެން އަހަރެންގެ ބޭބެ ސައްތާރު ކައިރީގައި އިށީނީމެވެ. އޭރު ކަނޑު އޮތީ ވަރަށް މަޑުކޮށް އޮމާންކޮށެވެ. މި މަންޒަރު ފެނުމުން ހިތަށް ފިނިކަމެއް އަޔެވެ. ރީތި ބަގީޗާއެއް ތެރެއަށް ވަނީމާ ވާ އުފާވެރިކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. ނަމަވެސް މާކަށް ގިނައިރެއް ނުވެއެވެ. އުޑުމަތި ބަނަވެ ކަނޑު ގަދަވާން ފަށައިފިއެވެ. މީގެ 10 އަހަރު ކުރީގައި ހިނގި ހިތާމަވެރި ހާދިސާ އަނެއްކާ ވެސް ހިތަށްއަރައިފިއެވެ. ގޮނޑީގައި ބާރަށް ހިފެހެއްޓުނެވެ. މީގެ 10 އަހަރު ކުރީގައި ނިޔާވި މަންމަ މަތިން ވެސް ހިތަށްއަރައިފިއެވެ. އެ ވަގުތު ލައިފްޖެކެޓެއް ދޭށޭ ފަޅުވެރިޔާ ކައިރީގައި ބުނީމެވެ. 

      ކުއްލިއަކަށް ޖެހި ރާޅާއެކީ ލޯންޗުގެ ލޯގަނޑު ތަޅައިގެން ގޮސް ޖެހިގެން އައި ރާޅާއެކީ ލޯންޗު ބަންޑުން ޖަހާލިއެވެ. އަހަރެން އަވަހަށް ލޯންޗުގެ ޖާއްޔަކާ ދިމާލުން ބޭރަށް ނުކުމެ، ލޯންޗު އަޑިއަށް ދިއުމުގެ ކުރިން ބޭބެ ފެނޭތޯ ބެލީމެވެ. ނަސީބަކުން ބޭބެ ފެނުނެވެ. ބޭބެ ހުރީ ގާތްގަނޑަކަށް 10 ފޫޓު ދުރުގައެވެ. ބޭބެއަށް ބާރަކަށް ގޮވާލީމެވެ. ބޭބެ އާނއެކޭ ބުނިއަޑު އިވުނެވެ. ބޭބެއަށް އަހަރެންނާހަމައަށް އާދެވުނެވެ. އެންމެ ފުރަތަމަ ވެސް އަހަރެންގެ ބޭބެ ކައިރީގައި އެހީ ތަނަކަށް ތަދުވިހެއްޔެވެ. މިހެން ބުނުމުން ބޭބެ ބުންޏެވެ. ”އިރާދަކުރެއްވިޔާ އަދި ތަނަކަށް ތަދެއްނުވޭ“. ދެން ބެލީ ކޯސްޓްގާޑާ މުވާސަލާތްކުރެވޭނޭ ގޮތެކެވެ. ނަސީބަކުން ބޭބެގެ ވޯޓާޕްރޫފް ފޯނު އޮތެވެ. އަވަހަށް ކޯސްޓް ގާޑަށް ގުޅީމެވެ. ގުޅިތާ އިރުކޮޅެއް ނުވަނީސް ކޯސްޓްގާޑް ޓީމް އައެވެ. އަހަރެންނާއި ބޭބެ ސަލާމަތް ކުރިއެވެ. އަހަރެން ކައިރީގައި ރެސްކިއު ޓީމު ބުންޏެވެ. އިތުރު މީހަކު އެބައުޅޭ ހެއްޔެވެ. މިހެން ބުނުމުން އަހަރެން ބުނީމެވެ. ”އަދި ތިން މީހުން ވެއްޖެ“. މިހެން ބުނުމުން އެ ތިން މީހުން ހޯދޭތޯ ރެސްކިއުޓީމުން ބަލަން ފެށިއެވެ. ނަސީބަކުން 3 މީހުން ވެސް ފެނުނެވެ. އަވަހަށް ރެސްކިއުޓީމުން އަހަރެމެން ގެންދިޔައީ ހދ.ކުޅުދުއްފުށްޓަށެވެ. ގެންގޮސް ޑޮކްޓަރަށް ދައްކައި އަހަރެމެން ރަށަށް ފޮނުވާލިއެވެ. 

      އޭގެ ފަހުން އަދި އަހަރެން ކަނޑުމަތިން ދަތުރެއްނުކުރަމެވެ. ދަތުރުކުރާކަށް ގަސްތެއް ވެސް ނުކުރަމެވެ. 

ވާހަކައިގެ އިބްރަތް: ދަތުރުކުރާއިރު ރައްކާތެރިކަމަށް ބަލާށެވެ. ރައްކާތެރިތޯ ބެލުމަށް ފަހު ނޫނީ ދަތުރު ނުކުރާށެވެ. 

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!