EN

ތިލަދެކުނު މަޒުމޫނު ލިޔުމުގެ މުބާރާތުގެ އެންމެ މޮޅު 15 މަޒުމޫނުގެ ތެރޭގައި ޝައިހާންގެ މަޒުމޫނު!

ހދ. އަތޮޅު ކައުންސިލުން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުން އެންމެ މޮޅަށް މަޒުމޫނު ލިޔާ 15 ދަރިވަރުންގެ ތެރޭގައި މި ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރު އަދި ސްކޫލް ކެޕްޓަން އިބްރާހިމް ޝައިޙާން ހިމެނިއްޖެއެވެ.

މި އަހަރުގެ ޤައުމީ ދުވަހާ ގުޅުވައިގެން ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ’ތިލަދެކުނު މަޒުމޫނު ލިޔުމުގެ މުބާރާތް 2023‘ ގެ އެންމެ މޮޅު 15 މަޒުމޫނު މިއަދު ހާމަކޮށްފައިވާއިރު، އެ ލިސްޓުގައި ޝައިޙާންގެ ނަން ހިމެނިފައިވެއެވެ.

ހދ. އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި އަތޮޅުގެ 15 ސްކޫލަކުން ޖުމްލަ 74 ދަރިވަރުން ވަނީ ވާދަކޮށްފައެވެ. އަދި މި ސްކޫލުން ވަނީ ޝައިޙާނާއެކު ގްރޭޑް 10 ގެ 5 ދަރިވަރުން ބައިވެރިވެފައެވެ.

މި މުބާރާތުގެ ބައިވެރިން މަޒުމޫނު ލިޔެފައިވަނީ “ މިނިވަން ވަރުގަދަ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތާއި އޭގެ ދައުރު“، މި މައުޟޫޢަށް ބިނާކޮށެވެ.

ޝައިޙާންގެ މަޒުމޫނާއެކު މި މުބާރާތުގެ އެންމެ މޮޅު 15 މަޒުމޫނު، މިހާރު އަތޮޅު ކައުންސިލްގެ ވެބްސައިޓުން ކިޔާލެވޭނެއެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު

ޚިޔާލުފާޅުކުރެއްވުމަށް ތިރީގައި ވާ ފޯމު ފުރުއްވާ!