ހދ. އަތޮޅު މަދަރުސާގެ މަދަޙަ މުބާރާތް ކާމިޔާބުކަމާ އެކު ނިންމަލައިފި!

ހދ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މަދަޙަ މުބާރާތް، މި އަހަރު ވެސް ކާމިޔާބުކަމާ  އެކު ނިންމާލައިފިއެވެ.

މި މަދަރުސާގެ އިސްލާމް ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި މުބާރާތް، މި އަހަރު ބާއްވާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ގްރޫޕް އަދި ވަކިވަކި ކުދިންގެ ތަފާތު ހިތްގައިމު ހުށަހެޅުންތައް ފެނިގެންދިޔަ މި މުބާރާތުގައި ގުރޫޕު މަދަޙައިގައި 136 ދަރިވަރުން ބައިވެރިވެފައިވާއިރު ވަކިން މަދަޙަ ހުށަހެޅުމުގައި ބައިވެރިވެފައިވަނީ 78 ދަރިވަރުންނެވެ. މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ގްރޫޕް އަދި ވަކިވަކި މަދަޙަތަކުގެ ތެރެއިން ކީސްޓޭޖުތައް ވަކިންނެވެ.

އިސްލާމް ކްލަބުގެ އިންޗާޖް އަޙްމަދު ނަސީމް (ނަސީމް ސަރ) މަޢުލޫމާތު ދެއްވިގޮތުގައި، މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އަތޮޅު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި ވާދަކުރާނެ ހުނަރުވެރި މޮޅު ދަރިވަރުންތަކެއް ރަށުގައި ބިނާކުރުމެވެ.

”މި އަހަރުގެ މުބާރާތަކީ ވަރަށް ތަފާތު ހުށަހެޅުންތަކެއް ފެނިގެންދިޔަ ކާމިޔާބު މުބާރާތެއް“ ނަސީމް ސަރ ވިދާޅުވިއެވެ.

އިސްލާމު ކުލަބުން ބުނިގޮތުގައި، މި މުބާރާތް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޭއްވުމަށް ވަނީ ވިސްނާފައެވެ. މިއީ މި މަދަރުސާގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ވާދަވެރި އެއް މުބާރާތެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު