ހުކުރަށް ދިއުން

ޝަޔާލް ބިން ޙުސައިން(ގުރޭޑު 5)

އެއީ ހުކުރު ދުވަހެވެ. މާކިންއަށް ގެޔަށް އާދެވުނީ 12:10 ވީ ފަހުންނެވެ. ދެން މާކިން ފެންވަރައިގެން ނުކުތް އިރު ހުރީ 12:20 ވެފައެވެ. މާކިން ހުކުރަށް ދާން އުޅެނިކޮށް ވާރޭވެހުނެވެ. ވަރަށް ބޯކެށެވެ. މިސްކިތަށް ދާން އުޅުނީ ބައްޕައާ އެކު ސައިކަލުގައެވެ. ބައްޕަ އާދޭތޯ ހުރެހުރެ ނައެވެ. ކުއްލިޔަކަށް ހަނދާންވީ ބައްޕަވީ ކުޅުދުއްފުށީގައި ކަމެވެ. މާކިން ގަޑި ބަލައިލިއެވެ. ގަޑިން 12:35 ވެއްޖެއެވެ.

މާކިން ބައިސްކަލުގައި ހުކުރަށް ދާން ނައްޓައިލައިފިއެވެ. ދިޔައި ވަރަށް ބާރަށެވެ. ބާރަށް ދަނިކޮށް ޗަކަގަނޑަކަށް އެރި ނުވެއްޓުނީ ކިރިޔާއެވެ.

މާކިން މިސްކިތަށް ގޮސްފިއެވެ. މީހުންތައް ބަލަނީއެވެ. މާކިން ހީކުރީ މާކިންއަކީ ވަރަށް ރީތި އަދި ”ޕޮޕިއުލާ“ މީހެއް ކަމަށެވެ. ނަމާދުކުރަން ފަށައިފިއެވެ. ނަމާދުކޮށް ނިމުމުން ބައިސްކަލުގައި ބާރަށް ދުއްވައިފައި ގެޔަށް ދިޔައެވެ.

ގެޔަށް ގޮސް ކައި ނިންމާފައި ޓީޝާޓު ބޭލިއެވެ. ޓީޝާޓުގައި ހުރީ ހުސް ޗަކައެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު