ދަރިވަރުންނަށް ހިތުހިސާބުގެ ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވައިފި!

ހދ. އަތޮޅު މަދަރުސާގެ ކީސްޓޭޖް 1 އިން ކީސްޓޭޖް 4 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިތުހިސާބުގެ ހުނަރުދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.

އިއްޔެ ބޭއްވި މި ވޯކްޝޮޕު ކުރިއަށްގެންގޮސްފައިވަނީ ކީސްޓޭޖުތައް ވަކިވަކިން 4 ސެޝަނަކަށް ބަހަލައިގެންނެވެ. އެގޮތުން، އިއްޔެ ހެނދުނު ކީސްޓޭޖް 1 އަދި 2 ގެ ސެޝަންތައް ބޭއްވިއިރު، ކީސްޓޭޖް 3 އަދި 4 ގެ ސެޝަންތައް ބޭއްވީ މެންދުރުފަހެވެ.

ކީސްޓޭޖް 1 ގެ ކުދިންގެ ސެޝަންގެ ތެރެއިން

މަދަރުސާގެ ހިސާބު ޓީޗަރުން އިސްވެ ބޭއްވި މި ވޯކްޝޮޕުގެ މައިގަނޑު އަމާޒަކީ އާންމު ދިރިއުޅުމުގައި ބޭނުންކޮށްލަން ފަސޭހަވާނެ ހިތުހިސާބުގެ ބައެއް އުކުޅުތައް ދަސްކޮށްދިނުމާއި، ކޭމްބްރިޖްއިން އަލަށް ތަޢާރަފްކުރި ކަލްކިއުލައިޓަރާ ނުލާ ހަދާ ޕޭޕަރަށް ކުދިން ތައްޔާރުކުރުމެވެ.

މި ވޯކްޝޮޕުގައި ވަނީ ކަލްކިއުލައިޓަރާއި ޕޭޕަރު ފަދަ އެއްޗެހީގެ ބޭނުން ނުކޮށް، ހިތުހިސާބު ބޭނުންކޮށްގެން އެއްކުރުމާއި، ކެނޑުމާއި، ގުނަކުރުން، އަދި ގެއްލާނެ ގޮތްގޮތާއި ފަސޭހައިން އަދަދު އެސްޓިމޭޓުކުރާނެ ގޮތްގޮތުގެ އުކުޅުތައް ކިޔައިދީފައެވެ. މި ސެޝަންތައް ނަންގަވައިދެއްވާފައި ވަނީ ކީސްޓޭޖް 4 ގެ ހިސާބު މުދައްރިސް ރާޖު ސާރ އެވެ.

ރާޖޫ ސާރ

މި މަދަރުސާއިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ހިތުހިސާބަށް ހާއްސަކޮށް ”މެންޓަލް މެތުސް“ ކުއިޒެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހިއްސާކުރައްވާ

ގުޅުން ހުރި:

ކިޔުންތެރިޔާގެ ޚިޔާލު